ނިމިދިޔަ ހަފްތާއިން ފެށިގެން ދިޔައީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ވަރަށް ގަދަކޮށެވެ. މާލެއާއި އަތޮޅުތެރެއަށްވެސް ދުވަހުގެ އެކި ވަގުތު ބޯކޮށް ވާރޭ ވެހި، މަގުތައް ފެންބޮޑުވެގެން ދިޔައެވެ. ވާރޭ ވެހި ގޭގޭގެ ފުރާޅުން ފެން ލީކުވުމުގެ ހާދިސާތަކާއި ފެންބޮޑުވެ އެކި ގޭގެއަށް ފެން ވަނުން ފަދަ ކަންކަން ހިނގިއެވެ.
މިފަދަ ހާދިސާތައް ހިނގުމުގެ ތެރޭގައި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. ސީލިންގުން ފެން ލީކުވެ ފަރުނީޗަރުގެ އިތުރުން ޓީވީއާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް އޭގެ އަސަރު ކުރުމަކީ ވަރަށް ގިނައިން ވާ ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއަކަށް ތައްޔާރުވެ، ގޭގައި ހިފާގެންގުޅޭ މުދާ ހަލާކުވުން ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބުރަ ކުޑަ ކުރެވޭނެ ގޮތްގޮތް ހޯދުމަކީ ބޭނުންތެރި ކަމެކެވެ.
މި ހާލަތަށް އެންމެ އެކަށޭނަ ރައްކާތެރިކަމަކީ ހޯމް ކޮންޓެންޓް ނުވަތަ ގޭތެރޭގައި ހުންނަ މުދާ ރައްކާތެރިކޮށްފައި ބެހެއްޓުމެވެ. އެތަކެއްޗަށް ގެއްލުމެއް ވެއްޖެ ނަމަ ދިރިއުޅުމުގެ ކަންކަމަށްވެސް ދަތިވާ ފަދަ ސާމާނު ކަމަށްވާ އެނދާއި ކަބަޑާއި މޭޒާއި ގޮނޑިއާއި ގޭގެ ފްލޯރިންގްގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ބްލެންޑަރާއި އަވަނާއި މައިކްރޮވޭވް ފަދަ ތަކެއްޗަކީ އިންޝުއާކޮށް ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު ބޭނުންތެރި މުދަލެވެ.
އެގޮތުން އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"ގެ "ހިޔާވަހި" ޕްލޭނަކީ ގޭތެރޭގައި ގެންގުޅޭ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭނެ ބައިވެރިޔާއެވެ. ވިއްސާރައާއި ފެންބޮޑުވުމާއި ހޮނުއެޅުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާއެއް ނުވަތަ ނުރައްކާތެރި ގޮވުމެއް ގޮވުމާއި ދުމުގެ އަސަރު ކޮށްގެން މުދަލަށް ލިބޭ ގެއްލުންތައް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. ވައިގަދަވެގެން ގަހެއް ނުވަތަ ގަހެއްގެ ބައެއް ވެއްޓި ގޭތެރޭގައި ހުންނަ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ގެއްލުމަކަށް ވެސް މި ޕްލޭނުން ކަވަރުކޮށްދޭނެ އެވެ.
މީގެ އިތުރުން ވައްކަން ކުރުމުގެ ނިޔަތުގައި ގެއަށް މީހަކު ވަދެގެން، މި ޕްލޭންގެ ދަށުން ކަވަރކޮށްފައިވާ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމަކަށް ވެސް ކަވަރޭޖު ލިބޭނެއެވެ.
އަޔާދީ ތަކާފުލްގެ "ހިޔާވަހި" ޕްލޭނުގައި ފަސް ގިންތިއެއް ހިމެނެއެވެ. އެއީ:
150,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ބޭސިކް"،
250,000 ރުފިޔާގެ ކަވަރޭޖު ލިބޭ "އެކްސެލް"،
350,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް"،
485,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ޑިލަކްސް"
650,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ލަގްޒަރީ" ގިންތިއެވެ.
މިއިން ކޮންމެ ގިންތިއެއްގައި ވެސް ވަކިވަކި މުދަލަށް ކަވަރޭޖު ލިބޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިފައި ހުރެއެވެ. މިސާލަކަށް, "ބޭސިކް"ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައިވާ އެންމެ މަތީ ލިމިޓަކީ 18,000 ރުފިޔާގެ ކަވަރޭޖެވެ. "ޕްރީމިއަމް"ގައި 33,000 ރުފިޔާ ކަނޑައެޅިފައިވާ އިރު އެންމެ މަތީ ގިންތި ކަމުގައިވާ "ލަގްޒަރީ"ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައި ވަނީ 60,000 ރުފިޔާއެވެ. "ހިޔާވަހި" ޕްލޭނެއް ބައްލަވައިގަންނަވާ އިރު ގޭބިސީގައި ހުރި މުދަލުގެ އަގާއި އަދަދަށް ބަލާ އެ މުދަލުގެ ކަވަރޭޖަށް އެންމެ އެކަށޭނަ ލިމިޓެއް ކަނޑައަޅާފައިވާ ގިންތީގެ ޕްލޭނެއް ބައްލަވައިގަނެވޭނެ އެވެ.
"ހިޔާވަހި" ޕްލޭނަކީ އަގު ހެޔޮ އަދި ރާއްޖޭގެ ކޮންމެ ސަރަހެއްދެއްގައި ހުރި ގެއަކަށްވެސް ނަގާލެވޭހާ ފަސޭހަ ޕްލޭނެކެވެ. ހިޔާވަހީގެ އެންމެ ކުޑަ ޕްލޭން "ބޭސިކް"ގެ އަގަކީ އަހަރަކު އެންމެ 200 ރުފިޔާއެވެ. އެންމެ މަތީ ގިންތީ "ލަގްޒަރީ"ގެ އަގަކީ އަހަރަކު އެންމެ 600 ރުފިޔާއެވެ. ކޮންމެ ގިންތިއެއްގެ އަގުގައި އުޅެނީ އެންމެ 100 ރުފިޔާގެ ފަރަގެކެވެ.
އަޔާދީގެ "ހިޔާވަހި" ޕްލޭނެއް ނަގައިގެން، އޭގެ ފައިދާތައް ލިބިގަތުމަށް ލަސްނުކުރައްވާށެވެ. އަޔާދީ ތަކާފުލް - އެލައިޑް އިސްލާމިކް ވިންޑޯގެ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ނަގާލެވޭނެ އެވެ. ހިޔާރުކުރާ ޕެކޭޖެއް ސެލެކްޓް ކުރެއްވުމަށް ފަހު ޕްލޭން ނަގާ ފަރާތުގެ މައުލޫމާތާއި އިންޝުއާކުރާ މުދާ ހުރި ގޭބީސީގެ މައުލޫމާތު ޖެހުމަށް ފަހު އޮންލައިންކޮށް ނަގާށެވެ. ގޭތެރޭގެ މުދަލުގެ ރައްކާތެރިކަމަށް އިސްކަން ދެއްވާށެވެ.
އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ ހޮޓްލައިން 1600 އިން ލިބޭނެއެވެ.
ފީޗާރޑް
ފީޗާރޑް
ފީޗާރޑް
ފީޗާރޑް