ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށް، ފުލުހުންނަށް ދޫކުރާ ފުލެޓުތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު އެކަން ހާމަކުރެއްވީ ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ފުލުހުންނާއި މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށާއި އެކަމާބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި ފުލުހުންނާއި ސިފައިންނަށްވެސް އޮތް ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރެއިން ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ފަށާފައިވާ "ބްލޫ ހައުސިން ސްކީމް"ގެ ދަށުން ހަދާ ފުލެޓުތައް ނިމިގެން ހަވާލުކުރާއިރު ފުލެޓުތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު