ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދިޔަސް، ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްކުރީ ފުށުއަރާ ސަރަހައްދު ބެހުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ 1992 ވަނަ އަހަރު އެއިރުގެ ސަރުކާރުން އިނގިރޭސިންނާއެކު މަޝްވަރާކޮށް އެއްބަސްވީ ފުށު އަރާ ސަރަހައްދުން މެދުން ބަހަން ކަމަށެވެ، ރައީސް ވިދާޅުވީ އެއަށްފަހު 2010 ވަނަ އެއިރުގެ ސަރުކާރުން ވެސް އެއްބަސްވީ އެގޮތަށް ކަމަށެވެ.
"އަޅުގަނޑު ހިތުން މިހާތަނަށްވެސް އެކި ސަރުކާރުތަކުން މި ފުށު އަރާ ސަރަހައްދު ބެހުމުގާ އަމަލުކޮށްފާ އޮތް އުސޫލު އެއީ އަޅުގަނޑުމެން ބައިވެރިވެފައިވާ މުއާހަދާވެސް އެއްގޮތް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މެރިޓައިމްބައުންޑަރީ ބެހި އިރު ރާއްޖެއަށް ވަނީ މެދަށްވުރެ އިތުރަށް ލިބިފައި ކަމަށާއި އެހެންކަމުން އެއީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަލަށް ލިބުނު ސަރަހައްދަކީ ހަމައެކަނި ދިވެހިންނަށް އިގުތިސޯދު މަސައްކަތް ކުރެވޭނެ ސަރަހައްދަކަށްވުމުން، އެ ސަރަހައްދުން ލިބެން ހުރި ފައިދާތަކަށް ބަލާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހުރިހާ ކަމަކަށްވެސް ދެކޮޅު ހަދާނެ ކަމަށާއި "އަޅުގަނޑުމެން ރަނގަޅޭ ބުނެފިއްޔާ ރަނގަޅެއް ނޫނޭ ބުނީ، މިވެނި ކަމެއް ގޯހެއް ބުނެފިއްޔާ ބުނާނީ ރަނގަޅޭ" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު