އުރީދޫ މޯލްޑިވްސްއާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން އީދު ސައެއް ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫން މިއަދު ބުނީ، އީދު ސައި ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގު ސަލްމާން މިސްކިތް ކުރިމަތީގައި ކަމަށެވެ.

އީދު ސައިގައި އުފާވެރި މާހައުލެއްގައި އާއިލާ އަދި ރައްޓެހިންނާއެކު އީދު ދުވަހުގެ ނާސްތާ ކުރެވެން ހުންނާނެ ކަމަށެވެ. އީދު ސަޔަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އީދު ސައިގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުރީދޫން އީދު ހަދިޔާ ބެހުމާއި އެހެނިހެން ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.