ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ހަސަން ކުރުސީއަކީ، ރައީސް ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
ރައީސް ނަޝީދު، ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ، ހަސަން ކުރުސީއަކީ އެމަނިކުފާނު ހިންގާ ޓުވިޓާ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަނެއް އޮޅުންތަކެއް އަޅައި އެކަމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމަށެވެ.
"އެހެންވެ، މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ޓުވީޓާ އެކައުންޓުގެ އަސްލު ހޯދައިދެއްވުން އެދެމެވެ" ނަޝީދުގެ ސިޓީފުޅުގައިވެއެވެ.
ހަސަން ކުރުސީއަކީ ރައީސް ނަޝީދު ކަމަށް ތުހުމަތުކުރި ނަމަވެސް އެމަނިކުފާނު މީގެ ކުރިންވެސް ވަނީ އެކަން ދޮގުކުރައްވައިފައެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު