ހައްޖު ކޯޕަރޭޝަންގެ އެހީގައި 1440 (2019) ވަނަ އަހަރު ހައްޖަށްދިޔަ މީހުން ބެއިތިއްބުމަށް މައްކާ އާއި މަދީނާއިން ކުއްޔަށްހިފި ހޮޓަލަކަށް ޖުމްލަ 54.2 މިލިޔަނަށް ވުރެ ގިނަ ރުފިހާ ހަރަދު ކޮށްފައިވާ ކަމަށް އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަހުމަދު ޒާހިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2019 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާ އަދި މަދީނާގެ ހޮޓަލަށް ކުރި ހަރަދުތަކުގެ ތަފްސީލް (ކޮންމެ ހޮޓަލެއްގައި ވަކިން ހޭދަވި ދުވަހާއެކު) ހޯދުމަށާއި މުތައްވިފަށް ދެއްކި ފައިސާގެ އަދަދާއި ހައްޖަށް ދިއުމަށް އާއްމުން ދެއްކި ފައިސާގެ އިތުރުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި މިންވަރުގެ ތަފްސީލް ހޯދުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލާ ގުޅިގެންނެވެ.
އެ ސުވާލަށް މިނިސްޓަރު ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، 1440 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓަލަށް ކުރި ހަރަދުގެ ޖުލްލަ އަކީ 34.5 މިލިޔަން ރުފިޔާ ކަމަށެވެ. އެ ހޮޓަލުގައި ހޭދަކޮށްފައި ވަނީ 28 ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.
ހަމަ އެއަހަރު މަދީނާގެ ހޮޓަލަަށް 3.5 މިލިޔަން ހޭދަކޮށްފައިވާ އިރު، އެ ހޮޓަލްގައި ހޭދަކުރީ ދެ ދުވަސް ކަމަށްވެސް ވިދާޅުވިއެވެ. އަދި މުތައްވިފަަށް ހަރަދުކުރީ 16.2 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިިނިސްޓަރު ވިދާޅުވީ، އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު