މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިގެންނެވެން ނެތް ކަމަށް ފަހުވަގުތު އެންގެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލެއް ނުކުރެއްވުނެވެ.

ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް 20 ނޮވެންބަރު 2022 ގައި ފަށައި، އެކެއް ޖަނަވަރީ 2023 އަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ލަފާކޮށް، އެ މައުލޫމތު ހާމަކޮށްފައިވީ ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާތީ، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ރޭވިފައިވާ ގޮތާ ބެހޭގޮތުންނާއި އެ މަސައްކަތް ނިންމާލެވޭނެ ތާރީހަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ހަމަޖައްސާފައި އޮތީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު އަބުދުﷲ ރިޔާޒުގެ ސުވާލުގެ ނޯޓިސް ގާނޫގައިވާގޮތުގެމަތިން ވަޒީރަށް ދެވި އަދި މަޖިލީހަށް ވަޑައިގަތުމަށް ވަޒީރު އަރިހުގައި ދަންނަވާފައިވާ ކަމަށެވެ.

ނަމަވެސް ހެދުނު 9:00 ގައި ވަޒީރު މަޖިލިސް ހުޅުއްވި ކަމަށާއި "ވަޒީރު ދާދި ދެންމެއަކު މަޖިލީހަށް އެންގެވީ އެބޭފުޅާ އާލާސްކަންފުޅާ އުޅުއްވާތީވެ މިއަދު ވަޑައިގެންނެވެން ނެތްކަމަށް،" ކަމުގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ

މީގެ އިތުރުން ވަޒީރު ހެޔޮހާލުކޮޅަށްވީމާ އަނެއްކާވެސް މަޖިލީހަށް ވަޑައިގަންނަވަން ދަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.