ފެންނަނީ ކުޑަކުޑަ އާއިލާއެވެ. ފިލްމީ ތަރި އައިޝަތު ރިޝްމީއާއި އޭނާގެ ފިރިމީހާ އިބްރާހިމް ޝާފިއު ޔޫސުފްގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅު ލޫކްއެވެ. ލޫކްއަކީ ފުޓުބޯޅަ ކުޅުމަށް ލޯބި ކުރާ ކުއްޖެކެވެ. އެހެންވެ، ގޭތެރޭގައި އަބަދުވެސް ލޫކް އުޅެނީ ބޯޅައެއް ހިފައިގެންނެވެ. ދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރެއްކަމުން ރިޝްމީ ތައްޔާރުވަމުން ދިޔައީ ޒޫކް ގޮވައިގެން އޭނާގެ ބައްޕަ ހަސަން މަނިކުގެ ކައިރިއަށް ކ.ތުލުސްދުއަށް ދިއުމަށެވެ.

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ރިޝްމީއާއި ލޫކް މާލެއިން ފުރައިގެން ތުލުސްދުއަށް ދިޔައިރު، އެ މީހުންގެ އިންތިޒާރުގައި ބަރޮލެއް ހިފައިގެން ރިޝްމީގެ ބައްޕަ، ހަސަން މަނިކު ހުއްޓެވެ. ކަޅުކުލައިގެ އަތްކުރު ޓީޝާޓެއް ލައިގެން ގޮޅިޖެހި މުންޑެއް އަނދެގެން ހުރި ހަސަން މަނިކުގެ މޫނު މަތިން ފެންނާން ހުރީ ބަފައިވަންތަކަމުގެ ލޯތްބެވެ. ކާފަދަރިފުޅު ފެނުމުން ވީ އުފަލެވެ. ލޯންޗުން ފޭބުމަށް ފަހު، ކުޑަކުޑަ ލޫކް ފުރަަތަމަވެސް ގޮސް އޮޅުލައިގަތީ އޭނާގެ ކާފަގެ ގައިގައެވެ. އެއަށްފަހު އެންމެން އެކުގައި ހިނގައިގަތީ ގެއާ ދިމާއަށެވެ.

ހަނި ދިގު މަގަކުން ގޮސް، އެ މީހުން ދިރިއުޅޭ ގެއާއި އަރައި ހަމަވިއިރު ލޫކްއާ އެއްފުރައިގެ ކުދިންތަކެއް މަގުމަތީގައި ފުޓްބޯޅަ ކުޅެން ތިއްބެވެ. އެއީ ރަށްފުށުގެ އަމާން މަގުތަކުގައި ކުރީން ވަރަށް އާންމު ކަމެކެވެ. އެ މަންޒަރު ފެނި ލޫކްވެސް ފުޓުބޯޅަ ކުޅެން ބޭނުންވެ، މަންމަ ކައިރީ ހުއްދައަށް އެދުމުން ފުރަތަމަ އިންކާރު ކުރެއެވެ.

އެހެން ނަމަވެސް، އޭނާގެ ބައްޕަގެ ބަހަށް އެ ކުދިންނާއެކުގައި ކުޅެން ފޮނުވިއެވެ. މެންދުރުގެ ރަތްދަކަ އަވީގައި ލޫކް އެކުދިންނާ ބައިވެރިވެ ކުޅެން ފެށިއެވެ. ކުޅެ ނިންމައިގެން ލޫކް ގެއަށް ދިޔައިރު ހުރީ، ހިރަފުހުން ތަތްތެޅިފައެވެ. ލައިގެން ހުރި ޓީޝާޓު އޮތީ ކިލައިން ހަރާބުވެފައެވެ. އެހެންވެ، އެ ޓީޝާޓާއި ދެންވެސް ހުރި ދާ އެއްޗެހި މެޝިނަށް އަޅައި ޓޮޕް ވޮޝިން ލިކުއިޑްގެ އޮރެންޖު ކުލައިގެ ފުޅިއަކުން އޯމޯ އަޅައެވެ. ބައްޕަމެންވެސް ބޭނުން ކުރަނީ އެ ބްރޭންޑްތޯ ރިޝްމީ ސުވާލު ކުރެއެވެ. ޓޮޕް ވޮޝިން ލިކުއިޑްއަކީ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކުރާ މޮޅު ބާވަތެކެވެ.

"ދަރިފުޅު ތި މެޝިނެއް ފޮނުވި ފަހުން ދަރިފުޅުގެ މަންމައަށްވެސް އެންމެ ކަމުދަނީ ތިވައްތަރޭ ބުނީ. ބުނި ކިތަންމެ ވަރަކަށް ދާވެފައި ހުއްޓަސް ފިލާނެއޭ" ހިނި އައިސްފައި ހުރެ ހަސަން މަނިކު ރިޝްމީއަށް ޖަވާބުދިނެވެ.

ޓޮޕް ލިކުއިޑުން އެއްްޗެހި ދޮވެ ނިންމާލިއިރު، ލޫކްގެ ހަޑިވި ޓީޝާޓުގައި ހުރި ލައްތަކެއްވެސް ނެތެވެ. ރިޝްމީއާއި ލޫކް އެކަން ސިފަކުރީ "މެޖިކް"އެއްގެ ގޮތުގައެވެ.

އެއްޗެހި ދޮވެ ނިމުނުއިރު ހުރީ، ހަވީރުވެފައެވެ. ރިޝްމީ އުޅުނީ ރޯދަ ވީއްލާ އެއްޗެހި ތައްޔާރުކުރާށެވެ. ޒޫކްއާއި ހަސަން މަނިކު ނުކުތީ ގޭ ކައިރީ ޖޯއްޔަށެވެ. އެތާނގައި ތިބުމަށް ފަހު ބަންގި ގޮވުމުން ގެއަށް ވަދެ އެންމެން އެކުގައި ރޯދަ ވީއްލަން ފެށިއެވެ. ސުފުރާމަތީގައި ތަފާތު އެތައް ބާވަތެއް ހުއްޓެވެ.

ރޯދަ ވީއްލައިގެން، ޒޫކް ނިންދެވުމަށްފަހު، ނިދުމުގެ ކުރިން ރިޝްމީ ގުޅީ އޭނާގެ ފިރިމީހާ ޝާފިއުއަށެވެ. ޝާފިއު އެއިރު އުޅުނީ ޖިމްގައެވެ. ރިޝްމީއާ ވާހަކަ ދައްކާލުމަށް ފަހު، ޝާފިއު ފޯނު ބާއްވައި ނެގީ އެމްޔޫ ސްޓޯރުން ވިއްކާ ލެކިނޯގެ ފުރުޓް ޕެކެޓެވެ. އެ ބުއިމަށްފަހު އަނެއްކާވެސް ޝާފިއު ކުރިޔަށް ގެންދަނީ ޖިމްއެވެ. ލެކިނޯ ފުރުޓު ޕެކެޓަކީ މޭވާގެ އެކި ބާވަތްތައް ހިމެނޭ މީރު ބުއިމެކެވެ.

ޝާފިއުގެ ކޯލަށް ފަހު ހާރަށް އެއްޗެހި ހެދުމަށް ރިޝްމީ ވަނީ ބަދިގެއަށެވެ. ބަދިގެއަށް ވަދެ ފުރަތަމަވެސް ކެއްކީ ބަތެވެ. ކެއްކީ، އެމްޔޫ ސްޓޯރުން ވިއްކާ ބަހަންދަރި ބާސްބަތީއެވެ. އެ ވަގުތު ބަދިގެއަށް އޭނާގެ ބައްޕަވެސް އައިސް ވަދެއެވެ.

"ދެން ކާންވާނީ މި ބާސްމަތީ އިނގޭ. މިހާރު ސިއްހަތަށް ވަރަށް ބަލަން ވާނެ." ރިޝްމީ އޭނާގެ ބައްޕަށް އިޝާރާތްކޮށް ބުންޏެވެ. ރިޝްމީއަށް ޖަވާބު ދެމުން ހަސަން މަނިކު ބުނީ ބަހަންދަރީ ބާސްމަތީ މީރުވެފައި ހައްޓަށްވެސް ލުއި ކަމަށެވެ.

ހާރަށް ކެއްކުމަށްފަހު، ރިޝްމީމެން ދިޔައީ ފުރާށެވެ. ލޯންޗަށް އަރަމުން ރިޝްމީ އޭނާގެ ބައްޕަ، ޒޫކް އޭނާގެ ކާފަ، ހަސަން މަނިކުގެ ގައިގައި ލޯބިން ބައްދާލައެވެ. އެއިރު ހަސަން މަނިކުގެ މޫނުންވެސް އަދި ޒޫކްއާއި ރިޝްމީގެ މޫނުންވެސް ފެންނަނީ މޮޅިވެރިކަމެވެ. އެކަކު އަނެކަކު ދޫކޮށްފައިދާން ބޭނުން ނުވާތީއެވެ. ލޯންޗަށް އެރުމަށް ފަހު އެންމެ ފަހުގެ ސަލާމެއްގެ ގޮތުން އަތް މައްޗަށް ނަގައި ހޫރާލައެވެ. އެއަށް ފަހު ލޯންޗު ފުރައިގެން ލޮލުކޮޅަށް ގެއްލެންދެންވެސް ހަސަން މަނިކު ޖެޓީ މަތީގައި ހުއްޓެވެ. ލޯންޗު ގޮސް އޮބާލުމުން އޭނާވެސް ދިޔައީ ގެއަށެވެ.

ގެއަށް ގޮސް ހަސަން މަނިކު ޖައްސާލީ ހާރުކާން ހޭލުމަށް ނިންމައިގެންނެވެ. ކުޑަކޮށް ނިދާލުމަށް ފަހު ހަސަން މަނިކަށް ހޭލެވުނީ ފަތިސް ނަމާދު ބަންގިއަށް ކުޑަތަންވެފައި ހުއްޓައެވެ. އެހެންވެ، ހާރު ކެއުމަށްޓަކައި ގަޑިއަށް ބަލައިލުމަށް ފަހު، ނިދި މޫޑެއްގައި ހަސަން މަނިކު ގޮސް ބަދިގެއަށް ވަދެ ބަދިގޭގެ ބޮކި ޖައްސާލިއެވެ. ލިބުނީ ސަޕްރައިޒެކެވެ. އެތަނުގައި ތިބީ ޒޫކްއާއި ރިޝްމީއެވެ. އެމީހުންނަށް ބައްޕަ ދޫކޮށްފައި ނުދެވުނީއެވެ. އެމީހުން ބޭނުންވީ ބައްޕަވެސް ގޮވައިގެން މާލެ ދާށެވެ. އެކަނި ދޫކޮށްފައިދާން އެމީހުން ނޭދެއެވެ. ނުވެސްދާނެއެވެ.

ރިޝްމީގެ މަންމަ، ހަސަން މަނިކުގެ އަންހެނުން ދުނިޔޭގައި ނެތް ނަމަވެސް، އެ ހަނދާންތައް އާއިލާއިން އާލާކުރާކަމާއި އެކަން ކުރުމުގައި ދެމިތިބުމުގެ މުހިންމުކަން މި އިޝްތިހާރުން ބުނެދެއެވެ. އަންހެނުންގެ ތަސްވީރަކަށް ބަލަހައްޓައިގެން އިނދެ "އަހަރެމެންނަށް ހެޔޮ ލަފާ ދަރިޔަކު ބޮޑު ކުރެވިއްޖެ" ކަމަށްބުނެ ހަސަން މަނިކު އަޑުން އަޑު ނަގައި ރޮއި ގަންނަ މަންޒަރުން ހަގީގަތުގައިވެސް ހިތުގެ އެންމެ ފުންމިނަށް އަސަރުކުރެއެވެ. އެއީ ރިޝްމީގެ ވާހަކަ އެވެ. އެ އެ މަންޒަރު ރިޝްމީއަށްވެސް ފެނެ އެވެ. އެހެން ނަމަވެސް މަންމަގެ ހަނދާނުގައި ބައްޕައަށް އެ ވަގުތުކޮޅު ހާއްސަ ކުރުމަށްފަހު، ރިޝްމީ މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕައިލައެވެ.

މިއީ މި ރޯދަމަހު އާއިލާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އެއްވެސް މީހަކު އެކަނިވެރިކޮށް ނުލުމުގެ މިސާލެކެވެ. އެމްޔޫސްޓޯރުގެ މި އިޝްތިހާރުން ބުނެދެނީ އާއިލީ ގުޅުމުގެ މުހިންމުކަމެވެ. ދުރުގައި ތިއްބަސް އާއިލީ ލޯބި ހިއްސާކުރުމުގެ މުހިންމުކަމެވެ. އާއިލީ ލޯބީގެ ވަރުގަދަކަމެވެ. ދަރީން ތަރުބިއްޔަތު ކުރުމުގައި އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން މި އިޝްތިހާރުން ވަރަށް ފުރިހަމަޔަށް ބުނެދެއެވެ.