ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ފަހަތުގައި ހުންނަ ޢާޒީ ބިލްޑިން ތަޅާލަން ނިންމައިފިއެވެ.
ސަރުކާރުގެ އެންމެ ދުވަސްވީ އޮފީސް އިމާރާތް، ޣާޒީ ބިލްޑިންގައި މިހާރުވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި އޮޑިޓަ ޖެނެރަލްގެ އޮފީސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިއަދު ވިދާޅުވީ، ގާޒީ ބިލްޑިން ތަޅާލުމުގެ ކުރިން އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަންނަ ޖޫން 20ގެ ކުރިން އިމާރާތް ތަޅައި ނިންމާލެވޭނެ ކަމަށެވެ.
ޣާޒީ ބިލްޑިން ހުރި ސަރަހައްދުގައި ހުރި ހުރަވީ ބިލްޑިންވެސް ވަނީ ތަޅާލައިފައެވެ. އެތަނުގައި މިހާރު ވަނީ ޕާކިން ޒޯނެއް ހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު