ށ. ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ނިންމާލައިފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭ މިހާރު ނިމިފައިވާ ކަމަށާއި ސާވޭގެ ދަށުން ބުރިޖުގެ ފުންމިން ބެލުމަށްޓަކައި ބާހޯލު ތޮރުފައިގެން ބެޑްރޮކް ހުރި މިންގަނޑު ބަލައި ނިމިފައިވާ ކަަމަށެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބުންޏެވެ.
މަތިކޮމަންޑޫ ބިން ހިއްކައި ކޮމަންޑޫއާ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުުކޮށްފައިވަނީ 235.75 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު