އައްޑޫ ސިޓީގައި އިއްޔެ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ބޮޑުމަގުގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު އަހުމަދު ޝާފީ "ވަން" އަށް މިއަދު ވިދާޅުވީ، އިއްޔެގެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދި ބޭރުފުށުންވެސް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޝާފީ ވިދާޅުވީ އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މާލެ ފޮނުވާލާނެ ސީދާ ވަގުތެއް ބުނަން ނޭނގޭ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ސައިރަން އަޅާފައި ދިޔަ އެމްބިއުލާންސެއްގައި ސައިކަލެއް ޖެހިގެންނެވެ. އެ ވަގުތު ސައިކަލުގައި ދެ މީހުން ތިިއްބެވެ. އެކްސިޑެންޓުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، ސައިކަލަށާއި އެމްބިއުލާންސަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު