ޚަބަރު

ވަންގެ ތައުޒިޔާ

ވަން އޮންލައިންގެ އިންގްލިޝް އެޑިޝަންގެ ޑެޕިއުޓީ އެޑިޓަރު ފާތިމަތު ޒޫޝާންގެ ލޮބުވެތި މަންމަ، މއ. ކެނދިވަރު، ހާޖަރާ ޔޫސުފް، 66 އ، ވަނީ މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައި ނިޔާވެފައެވެ.

ފާތިމަތު ޒޫޝާންގެ އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.

އަޅުގަނޑުމެންގެ ދުއާއަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.