ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ހުޅުމާލެ ފޭސް-2 ގައި ހެދި ރޯދަ މާޓް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރޯދަ މާޓް ހުޅުވައިދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
އެސްޓީއޯ އިން ބުނީ، ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި އެ ފިހާރައިން ހޯލްސޭލް އަދި ރީޓެއިލް ހިދުމަތްވެސް ލިބޭނެ ކަމަށެވެ. އަދި އެސްޓީއޯ އިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދަލުގެ އިތުރުން އެ ކުންފުނިން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާވެސް ލިބޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން އެތެރެކުރެވޭ ފިޔާ، އަލުވި، އަދި ބިސްވެސް އެ ފިހާރައިން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.