ރޯދަ މަހު ފިހާރަތަކާއި ކެޕޭ ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމަޔަށް މުދާ ވިއްކާ ތަންތަން ފަތިހު 5:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ވަނީ ރޯދަ މަހުގެ ރަސްމީ ގަޑިތައްވެސް ކަނޑައަޅައިފައެވެ. ރައީސް އޮފީހުން މިދިޔަ އަހަރު ކަނޑައަޅައި އާންމުކޮށްފައިވާ ގޮތުން މިދިޔަ އަހަރުން ފެށިގެން ރަސްމީ ގަޑިތަކަކީ ހެނދުނު 09:00 އިން މެންދުރު 1:00 އަށެވެ.

ރޯދަ މަހާ ގުޅުވައިގެން އަމިއްލަ އޮފީސްތަކުގެ މަސައްކަތު ގަޑި އާއި ވިޔަފާރީގެ އެނޫން ދާއިރާތަކުގެ ރަސްމީ ގަޑިތަކަށް ވެސް ބަދަލު ގެނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވަނަ ދުވަހުއެވެ.