މި ރޯދަމަހު އެހީއަށް ބޭނުންވެގެން 300 އާއިލާ ރަޖިސްޓްރީކޮށްފައިވާތީ، އެ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު 'މަމްސް އެއިޑް' ޖަމިއްޔާއިން ހުޅުވާލައިފި އެވެ.

މަމްސް އެއިޑް ޖަމިއްޔާއިން ބުނި ގޮތުގައި، ރޯދަމަހު ކާބޯތަކެތީގެ އެހީ ބޭނުންވެގެން މަމްސް އެއިޑްގެ 'ކެއާ ލިސްޓް' ގައި އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިން، ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ތިބޭ އާއިލާތައް ރަޖިސްޓްރީ ކޮށްފައިވާ ކަަމަށެވެ.

އެ އާއިލާތަކަށް އެހީގެ ޕެކޭޖުތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެ ޕެކޭޖުތަކަކީ:

  • 300 ރުފިޔާ - ތިން ދުވަހުގެ ރޯދަ ވީއްލުން
  • 500 ރުފިޔާ - ފަސް ދުވަހުގެ ރޯދަ ވީއްލުމަށް
  • 1،000 ރުފިޔާ - ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން
  • 1،500 ރުފިޔާ - ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން
  • 7730000294482 ރުފިޔާ އެކައުންޓް (މަމްސް)
  • 7730000294483 ޑޮލަރު އެކައުންޓު