ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޑީޕީން މާލޭގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 8 ވަނަ ދުވަހެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މާދަމާ ހަވީރު 4:00 ގައި ކަމަށެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވަނީ، އެ ޖަލްސާގައި ވީހާވެސް ގިނަ އަންހެނުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަން ގާއިމް" ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު