އަމީނީ މަގުގައި ތާރު އަޅާފައިވާ ސަރަހައްދު އާއްމުންނަށް ހުޅުވާލައިފިއެވެ.
އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގައި (އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް) ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރި ޓުވީޓެއްގައި ބުނީ، ތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވައިލި ނަމަވެސް ފިނިޝިންގެ ބައެއް ކަންކަމާއި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރާތީ މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށެވެ.
ތާރު އެޅި ސަރަހައްދުގައި މިހާރު ވަނީ ޓްރެފިކް ލައިންތައްވެސް ކުރަހައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު