ޓީޖެޓީ ސަރަހައްދުގައި އިއްޔެ ބިދޭސީންގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ މި މާރާ މާރީއާ ގުޅިގެން އިއްޔެ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށްވެސް ގެންދިޔަ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ ފަސް މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރުކުރި 11 މީހުން މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބިދޭސީން މާރާމާރީ ހިންގީ ދެ ދޯނި ޓީޗެޓީ ސަރަހައްދުގައި އަޅަން އުޅުމުގެ ތެރޭގައި ހިނގައި ދިޔަ ދެބަސްވުމެއްގެ ތެރެއިންނެވެ.
ބިދޭސީންތަކެއް ދެމެދުގައި ހިނގި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، ލަކުޑި ބުރި ފަދަ ތަކެތިން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ފެނެއެވެ.
އިއްޔެ ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، މިދިޔަ ހުކުރުދުވަހު މާލޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީ ހިންގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު އިނގިލީގައި ދަތް އަޅައި ވަނީ ބުރިކޮށްފައެވެ. މި މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު