ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަމާގުޅޭ ގޮތުން "ބިނާރު"ގެ ނަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގުރާމް އިފުތިތާތހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އެމްއޭސީއެލުން ބުނީ މި ޕްރޮގުރާމަކީ އެކުންފުނީގެ ސޭފްޓީ، ސެކިއުރިޓީ އަދި ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގުރާމުގައި މުވައްޒަފުންގެ ސިއްހީ ހާލަތު ބެލުމަށް ހެލްތު ސްކްރީން ކުރުމާއި، މަދިރިކޮންޓްރޯލް ކުރުމާބެހޭ މައުލޫމާތު ދިނުމާއި ސަލާމަތާއި ރައްކާތެރިކަމާގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ސްކޫލް ކުދިންނަށް ދޭ އެއާޕޯޓު ބަސްޓުއާ އާ ގުޅެ މައުލޫމާތު ދިނުން ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރުން ބިނާރު ކުއިޒުގެ ނަމުގައި އޮންލައިން ކުއިޒު މުބާރާތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމާގުޅޭ މައުލޫމާތާއި ސަލާމަތާއި ގުޅޭ އެހެނިހެން ހަރަކާތްތަކުގެ މައުލޫމާތު މި ޕްރޮގުރާމުގެ ތެރެއިން ދެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އިއްޔެ ފެށި މި ޕްރޮގުރާމް އެއް ހަފުތާއަށް ދެމިގެންދާނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. މި ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މައްސަލަތައް ފަސޭހައިން ރިޕޯޓުކުރެވޭނެ ގޮތް ހަމަގައްސައި އެއާޕޯޓުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަަރުކުރުން ކަމަށް އެމްއޭސިއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު