އެލައިޑް އިންޝުއަރެންސްގެ "މޮޓޯ ކެމްޕެއިން" ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެ ކެމްޕެއިން ވަރަށް ފޯރިއާއެކު އަދިވެސް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެލައިޑު އިންޝުއަރެންސުން ބުނީ މި ކެމްޕެއިނަކީ އެކުންފުނީގެ 38 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕްރޮމޯޓު ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.

ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސަކީ އަމިއްލަ ވެހިކަލަށް ލިބޭ ގެއްލުން ކަވާ ކުރާ އިންޝުއަރެންސެކެވެ. މި އިންޝުއަރެންސާ ގުޅޭ އިތުރު މައުލޫމާތު މި [ލިންކު](https://allied.mv/insurance-plan/motor/) މެދުވެރިކޮށް ލިބިގެންދާނެއެވެ.

އެލައިޑުން ބުނީ މި ކެމްޕެއިންގެ ތެރެއިން މޮޓޯ ކޮމްޕްރެހެންސިވް ޕޮލިސީއެއް ގަންނަ ފުރަތަމަ 150 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ލިބޭނެ ކަމަށެވެ.

މާލެ އާއި އައްޑޫގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި، އާކުރާ އިންޝުއަރެންސް ޕޮލިސީތަކާއި އެލައިޑާއި އަޔާދީ ތަކާފުލް މެދުވެރިކޮށް ނަގާ ޕޮލިސީތަކާއި މުޅިން އާ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެލައިޑުގެ އަހަރީދުވަހާ ގުޅިގެން އެކުންފުނިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގައިފައެވެ. [ލިންކު](https://allied.mv/insurance-plan/motor/)