ހުޅުމާލެއާއި ހދ. ހަނިމާދޫގައި ވަގުފު އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ، ހުޅުމާލޭން ލިބިފައިވާ ބިމުގައި ވަގުފު އިމާރާތް ހަދަން ފެށުމަށް މިހާރު ތައްޔާރީތައް ވަމުން އަންނަ ކަަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތް ކުރެހުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، ވިސްނުމަކީ ވަގުފު ގާނޫނެއް އަންނަންވާއިރަށް ވަގުފުގެ އިތުރު އިމާރާތަކެއް ހުޅުވިފައި ހުރުން ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތަނުގައި ވަގުފުކުރުން ދެމެހެއްޓޭނެ ގޮތްތަކެއް އޮތުން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މި ވަގުތު ވަގުފު އިމާރާތެއްގެ ގޮތުގައި ހުރީ 2017 ވަނަ އަހަރު ހުޅުވި "ދާރުލް އީމާން" އެވެ.
ޚަބަރު
ޚަބަރު
ޚަބަރު