ގަވަމެންޓް އޮފް އީ-ލެޓާ މެނޭޖްމަންޓު ސިސްޓަަމް (ޖެމްސް) މެދުވެރިކޮށް ފޮނުވާ ސިޓީތަކުގައި ޑިޖިޓަލްކޮށް ސޮއިކުރުމަށް ޓެސްޓުކުރަން ފެށުމަށް ހަމަޖައްސައިފިއެވެ.
އެންޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނީ ޖެމްސް ޕޯޓަލް މެދުވެރިކޮށް ސަރުކާރު އޮފީސްތަކާއި އިދާރާތަކުގެ މެދުގައި ފޮނުވާ ސިޓީތަކުގައި ޑިޖިޓަލްކޮށް ސޮއިކުރުމަށް، މިމަހުގެ ފަހުކޮޅު ޓެސްޓުކުރަން ފެށޭނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އީ-ލެޓާ މެނޭޖްމަންޓް ސިސްޓަމް ބަދަލުކުރަމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެއީ ޑިޖިޓަލް ސަރުކާރަކަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ ޕްރިންޓުކޮށްގެން ސޮއިކޮށްފައި ސިޓީލުމުގެ މަސައްކަތަށް ނިމުމެއް ގެނައުމަށް ކަމަށާއި ސްކޭންކޮށްގެން އަޕްލޯޑްކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ އިދާރާތަކަށް ހާއްސަ "ޖެމްސް" ޕޯޓަލް ތައާރަފުކޮށްފައިވަނީ 25 އޭޕްރިލް 2010 ގައެވެ. އެއަށްފަހު ދައުލަތުގެ އިދާރާތަކުން، އެއް އިދާރާއިން އަނެއް އިދާރާއަށް ސިޓީ އާއި މެމޯ ފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރަމުން އައިސްފައިވަނީ ޑިޖިޓަލްކޮށް، ޖެމްސް މެދުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު