އދ. ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.

ހަންޏާމީދޫގެ ފެނުގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލުގެ ރައީސް މޫސާ ނަޒީމެވެ.

ސްޓެލްކޯއިން މިއަދުކުރި ޓުވީޓެއްގައި ބުނީ، ފެނުގެ ހިދުމަތް ހަންޏާމީދޫގައި އިފުތިތާހުކޮށްފައިވަނީ 170 ކަނެކްޝަނާއެކު ކަމަށާއި ފެނުގެ ހިދުމަތް އިފުތިތާހުކުރުމާއެކު އެ ހިދުމަތަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް މިއަދުން ފެށިގެން ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.

މިމަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނު ފެން ހިލޭ ލިބޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ހަންޏާމީދޫގެ ފެނުނު މަޝްރޫއަކީ 22.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.