މިއަހަރު ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް، ގަދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ 2023ގެ ޗެމްޕިއަންކަން މުހައްމަދު ނަޖާހު (ކަބޯ) ހޯދައިފިއެވެ.
ކަބޯ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓްގައި އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްފައެވެ. އިއްޔެ ކުރިއަށްދިޔަ ފައިނަލް ހީޓްތަކުގެ ތެރެއިން ފިރިހެން ޝޯޓް ބޯޑު ފައިނަލްގައި ސްމައިލީ ބަލިވީ 0.33 ގެ ޕޮއިންޓްގެ ތަފާތަކުންނެވެ. ކަބޯގެ ކެރިއަރުގައި ސާފިން ލީގު މުބާރާތަކުން ފުރަތަމަ ތަށްޓެއް ހޯދުމަށް އިއްޔެ ފައިނަލް ހީޓްގައި އޭނާ ވަނީ ޖުމުލަ، 15.33ގެ ސްކޯއެއް ހޯދައިފައެވެ. ސްމައިލީ ފައިނަލްގައި ލިބުނީ 15.00 ގެ ސްކޯއެކެވެ.
ފައިނަލުގައި އިއްޔެ ފުރަތަމަ ރާޅަށް ނުކުތީ ކަބޯއެވެ. އެރާޅުގައި 8.33 ގެ ސްކޯއެއް ކަބޯ ހޯދި އިރު، އޭގެފަހުން ދެން ސްމައިލީ ނުކުތް ދެރާޅުން އޭނާ ވަނީ 7.17 އާއި 7.83 ގެ ސްކޯއެއް ހޯދައި، ލީޑު ނަގައިފައެވެ. 15.00 ގެ ސްކޯއެއްގައި ސްމައިލީ އޮއްވައި ކަބޯ އޭނާގެ ދެވަނަ ރާޅުގައި 7.00 ގެ ސްކޯއެއް ހޯދައި ފައިނަލްގެ ލީޑު ނެގިއެވެ.
ކަޅެގަލެކޮޑާ 2023ގެ 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ގައުމީ ޖޫނިއާ ޓީމްގެ ޗޮއްޕު ފައިނަލު މެޗު ކާމިޔާބުކުރީ ޔޫސުފް ކަޔާންއާ ވާދަކޮށް ރަނގަޅު ނަތީޖާއަކުންނެވެ.
ފައިނަލުގައި ޗޮއްޕު 12.34 ގެ ސްކޯއެއް ހޯދިއިރު، ކަޔާން އަށް ލިބުނީ 8.10 ގެ ސްކޯއެކެވެ.
ގައުމީ ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް އޮންނާނީ މ. މުލީގައެވެ. މެއި މަހުގެ ދެވަނަ ދުވަހުން ހަވަނަ ދުވަހަށް އެ މުބާރާތް ކުރިއަށްދާނެއެވެ. އޭގެ ފަހުން ޖުލައި ހަތަރުވަނަ ދުވަހުން އަށްވަނަ ދުވަހަށް ކ. ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް އޮންނާނެއެވެ. އޭގެ ފަހުން، ޖުލައި 31 އިން އޮގަސްޓް ފަހަކަށް ރާކޮޅު ރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގައެވެ. މި އަހަރުގެވެސް އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން