ރާއްޖޭގައި ހިންގާ 10 މަޝްރޫއެއްގެ ޓެކްސް މާފުކޮށްދީފިއެވެ.
ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިންކަމް ޓެކްސްގެ ގާނޫނަށް ގެނައި ބަދަލު ތަސްދީގު ކުރީ 20 ޖުލައި 2021 ގައެވެ.
ރައީސަށް ލިބޭ ބާރުގެ ދަށުން ޓެކްސް މާފުކޮށްދިން މަޝްރޫއުތަކުގެ ލިސްޓެއް ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު, އެ ލިސްޓުގައި ގިނައީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކެވެ.
ޓެކްސް މާފުކޮށްދިން މަޝްރޫއުތަކަކީ:
- އެލްއެންޓީ އިންފްރާންސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑް އަދި ލިއާ އެސޯސިއޭޓްސް ސައުތް އޭޝިއާ ޕްރައިވެޓް ލިމިޓެޑްގެ ޖޭވީއާ ހަވާލުކޮށްފައިވާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ކޮންސަލްޓަންސީ
- އެފްކޮންސް އިންފްރާންސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްފައިވާ އައްޑޫ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު
- ވިޝްވަރާޖް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ހަ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވާ ފަސް ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވާ ހަ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- އެސްއެމްސީ އިންފްރާންސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ހަތް ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- އެސްއެމްސީ އިންފްރާންސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ފަސް ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ 34 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު
- ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވާ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު
- އެފްކޮންސް އިންފްރާންސްޓްރަކްޗާއާ ހަވާލުކޮށްފައިވާ މާލެ-ތިލަފުށި ބްރިޖް މަޝްރޫއު
ޚަބަރު
ޚަބަރު
ޚަބަރު