މުހިއްމު ފަރާތްތަކެއްގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތަކެއް ފުލުހުން ބަލަމުން އަންނަ ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 2021 ވަނަ އަހަރު އިސްލާހު ގެނެސް ނުހައްގު މުއްސަނދިކަމަކީ، ޖިނާއީ ކުށެއްކަމަށް ކަނޑައެޅިފަހުން އެ ގާނޫނުގެ ދަށުން މިހާތަނަށް ވެސް މީހަކަށް ދައުވާ ކޮށްފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގުތަކަށާއި، ޑައިރެކްޓް ނޫންކޮށް އެއް ތަހުގީގު ތެރެއިން އަނެއް ތަހުގީގަށް ފެންނަ މައްސަލަތަކުގެ ތެރެއިން އެފަދަ ގިނަ ކަންތައްތައް ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މުހިންމު ފަރާތްތަކުގެ، މުއްސަނދިކަމާ ގުޅޭ ކަންކަން ބެލެމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތަހުގީގު ކުރިއަށްދާ ފަރާތްތަކުގެ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ، "ވަރަށް ތަރޯ ތަހުގީގުތަކެއް އެފަދަ ފަރާތްތަކާ މެދުގައި ހިންގެމުން އެބަދާ ކަމަށާއި، އުއްމީދަކީ ލަސްތަކެއް ނުވެ އޭގެ ތެރެއިން ބައެއް ފަރާތްތަކާމެދު ދައުވާ ކުރަން ޕީޖީއަށް ފޮނުވުން،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު