ޓްރެއިނިން ރިސޯޓެއް ހެދުމަށް މީގެ 13 އަހަރު ކުރިން، 2008 ވަނަ އަހަރު ލ. ބޮޑު ފިނޮޅާއި ތުނޑީ އަވަށުގެ ބޮޑު ސަރަހައްދެއް ދީފައިވީނަމަވެސް، މިހާތަނަށް އައި އިރުވެސް އެ މަސައްކަތް ފަށާފައިނުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޓޫރިޒަމް މިނިސްތަރު ޑރ. އަބުދުﷲ މައުސޫމާ ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.
މި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފައިވަނީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ.
ބޮޑު ފިނޮޅުގައި ޓޫރިޒަމް ރިސޯޓެއް ހެދުމަށް ދޫކޮށްފައިވަނީ އަމިއްލަ ފަރާތަކަށެވެ.
އެ މައްސަލައިގައި މެމްބަރު ވިސާމް، މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، އެތަން ދޫކުރުމަށްފަހު މިއަދަށް 13 އަހަރުވެގެންދިޔަ އިރު، އެކަމުގެ އަމަލީ މަސައްކަތް ފަށާފައިނުވާ މައްސަލައާ ބެހޭގޮތުންނެވެ.
މީގެ އިތުރުން މިހާރު ހަވާލުވެފައިވާ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންދާނެތޯ އާއި ކުރިއަށް ނުގެންދާނަމަ، ޓްރެއިނިން ސްކޫލް ހަދަން ހަވާލުކުރި ކުންފުނި އަތުން އެ ސަރަހައްދު ވަކިކޮށް އަލުން ބޮޑުފިނޮޅު ތަރައްގީކުރަން ބަޔަކާ ހަވާލު ކުރަން މިނިސްޓްރީން ކުރާ މަސައްކަތާބެހޭ ގޮތުންވެސް މެމްބަރު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު