ހއ. މުރައިދޫ ފެރީ ސްޓޮޕްގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާވެސް ހުންނާނެ ކަމަށެވެ.
އެ ފެރީ ސްޓޮޕްއަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)" ގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމުކޮށްފައިވާ ފެރީ ސްޓޮޕެކެވެ.
އާރުޓީއެލް ފެރީގެ ހިދުމަތުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ރަށްތަކަށް ހައިސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ފެރީ ހަޓެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.