މާލޭގެ މަގުމަތީގައި ބަޔަކު މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯގައި، އެ ތަކެތި ވިއްކަން އުޅުނު ޒުވާނާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ފެންނަނީ ސައިކަލެއްގެ މަތީގައި އިން މީހަކު ބަޔަކަށް ޑްރަގް ވިއްކާ މަންޒަރެވެ. ސާޅީސް ސުކުންތުގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ތަކެތި ގަތުމަށް އޭނާ ކައިރިއަށް ތިން މީހަކު އާދެއެވެ. ކޮންމެ މީހަކުވެސް އައިސް 100 ރުފިޔާގެ ނޫޓެއް ދިއްކޮށްލުމުން، ޕެކެޓެއް ނަގާފައި އެ މީހުންނަށް ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ބުނީ، ވީޑިއޯގައި ފެންނަ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކާ މީހާ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 25 އަހަރުގެ އެ މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު