ވިމެން އިން ޓެކް އިން ބާއްވާ "ސައިބާ ރައްކާ" ސެޝަން ކުރިއަށްއޮތް ހަފުތާ ބަންދުގައި ބާއްވަން ނިންމައިފިއެވެ.
"ސައިބާ ރައްކާ" ސެޝަނަކީ ވިމެން އިން ޓެކް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބާއްވާ ސެޝަނެކެވެ. އެ ސެޝަނުގެ މަގުސަދަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ އަމަލުތަކަށް މީހުން ހޭލުންތެރިކުރުވުމެވެ.
އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ 8:30 ގައި ހ. ސަންލީޓުގައެވެ. އަދި ހޮނިހިރު ދުވަހުގެ 11:00 ގައި ވެސް ސަންލީޓުގައި ސެޝަނެއް ބާއްވާނެއެވެ.
ވިމެން އިން ޓެކްއިން ބުނީ އެ ސެޝަންގައި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތާއި އަދި ސައިބާ ހަމަލާއަކުން ރައްކާތެރިވެވޭނެ ގޮތް ކިޔައިދޭނެ ކަމަށެވެ. އަދި ފައިނޭންޝިއަލް އެކައުންޓްތައް މޮނިޓާކުރުމުގެ މުހިންމުކަމާއި ސެކިއުޓީ ގޮތުން ވަރުގަދަ ޕާސްވޯޑު ޖަހަން ދަސްކޮށްދިނުމާއި ޕާސްވޯޑް ރައްކާތެރިކުރާނެ ގޮތްވެސް ކިޔައިދޭނެ ކަމަށެވެ.
މީގެ އިތުރުން އޮންލައިން ޕްރައިވެސީއާއި ސެކިއުރެޓިއާ ބެހޭގޮތުން ހޭލުންތެރިކުރުންވެސް ކުރިއަށްދާނެ ކަމަށާއި އަދި ޕިޝިން ސްކޭމްތަކުން ރައްކާތެރިވެވޭނެ ގޮތް ކިޔައިދޭނެކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.
"ސައިބާ ރައްކާ" ގެ ނަމުގައި ސެޝަންތަކެއް ބޭއްވުމަށް ވުމެން އިން ޓެކްއާ އުރީދޫ ގުޅިފައިވަނީ 2021 ވަނަ އަހަރުއެވެ. ހޮނިހިރު ދުވަހު ބާއްވާ ސެޝަނަކީ އުރީދޫ އާއި ވިމެން އިން ޓެކް ގުޅިގެން ބާއްވާ ފުރަތަމަ ސެޝަނެވެ.
ޚަބަރު
ޚަބަރު
ޚަބަރު