ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެރަށު ނޫރަންވިލާ އަބްދުﷲ އިބްރާހިމެވެ.

އޭނާ މަރުވެފައިވަނީ ދަލެއް ހިފައިގެން އެކަނި މަސް ހިފަން ގޮސް އުޅެނިކޮށެވެ. އެކަން ވަނީ އެރަށު ކައުންސިލުން "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މޫދުން ފެނިފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރު، އޭނާގެ ދަރިންނަށެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައެވެ.