އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ، އެ ރަށު، ރިހިވެލި/ ހަސަން އަލީ (ހަސަންފުޅު) އެވެ. އޭނާއަކީ އުމުރުން 65 އަހަރުންމަތީގެ މީހެކެވެ.
މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް މިއަދު "ވަން" އަށް ވިދާޅުވީ، ހަސަންފުޅު އެންމެ ފަހުން ބަޔަކަށް ފެނިފައިވަނީ ރޭ މަގުރިބު ނަމާދުން ފައިބަނިކޮށް ކަމަށެވެ.
ނަމަވެސް އަތިރިމަތިން ފެނުނު ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާތީ، އެ ސަރަހައްދުތަކުގައި ހުރި ދެ ސީސީޓީވީ ކެމެރާތަކުގެ ރެކޯޑިން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަތިވެރި ކައުންސިލްގެ މެމްބަރު ހުސެން ނިހާން ވިދާޅުވީ، ހަސަންފުޅަކީ ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެއް ކަމަށެވެ. އެހެންވެ އޭނާ މަސް ހިފަން މޫދަށް ގޮސްފާނެ ކަމަށް ބަލައި، މޫދުތެރެ ބެލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު