ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

1

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އިއްޔެއިން ފެށިގެން މުދަލު ޒަކާތުގެ ނިސާބުވާ ނިސްބަތަކީ މިހާރު 7,062.65 ރުފިޔާ ކަމަށެވެ. މިއީ މި އަހަރު ފެށުނު ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

މުދަލު ޒަކާތަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި އޮތީ 5،777.45 ރުފިޔާއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އެއީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ.

މުދަލު ޒަކާތުގެ ނިސާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.