ޚަބަރު

ބީއެމްއެލް ރަސްދޫ ބްރާންޗްގެ އާ އިމާރާތް ހުޅުވައި އޭޓީއެމްގެ ހިދުމަތް ފަށައިފި

މުހައްމަދު ޖަމްޝަތް ވަހީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ރަސްދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ، ރަސްދޫގައި މިއަދު އެ ހިދުމަތް ދޭން ފަށާފައިވަނީ ރަސްދޫ ބްރާންޗުގެ އާ އިމާރާތުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް ކަމަށެވެ.

މި ސެލްފް ސާވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ރަސްދޫގައި ގާއިމުކޮށްފައިވާ ބްރާންޗް އަދި އޭޓީއެމްގެ ހިދުމަތާއެކު މި ވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ތޮއްޑޫ، އުކުޅަސް އަދި މަތިވެރިއެވެ.