އައްޑޫ ސިޓީން 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ސިޓީގެ ކައުންސިލުން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ ފޭދޫއާއި މީދޫ އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ. އެގޮތުން ހުޅުދޫ އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.
- ފޭދޫ އަވަށުގެ ރައްޔިތުންނަށް: 270 ގޯތި
- ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 30 ގޯތި
- މީދޫ ރައްޔިތުންނަށް: 90 ގޯތި
- އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި
- ހުޅުދޫ ރައްޔިތުންނަށް: 90 ގޯތި
- އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި
އައްޑޫން ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ.
އައްޑޫން 500 ގޯއްޗަށް ހުޅުވާލާފައިވާއިރު، އެ ސިޓީން ހާހެއްހާ ގޯތި ދޫކުރަން ތައްޔާރުވެފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު