ޓެކްނޮލޮޖީ

ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މައިކްރޮސޮފްޓް ވިންޑޯޒް ސާވަރ 2012 ހުއްޓާލަނީ

އާދަމް ނަސީރު

ވިންޑޯޒް ސާވަރ ތަކަކީ ކޮންމެ އަހަރަކު ވެސް އާ އަދަދު ތަކެއް ނެރެމުން އަންނަ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އޮޕަރޭޓިން ސިސްޓަމެވެ. ފަހުގެ އަދަދުތައް ނެރެފައިވާ މައިކްރޮސޮފްޓުން އެ ކުންފުނީގެ މައިކްރޮސޮފްޓް ވިންޑޯޒް ސާވަރ 2012 ހުއްޓާލަން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ވިންޑޯޒް ސާވަރ 2012 އަދި ވިންޑޯޒް ސާވަރ 2012 އާރް2 ގެ ހުރިހާ އެޑިޝަންތަކަށް ވެސް އިތުރުކޮށްފައިވާ ސަޕޯޓް މުއްދަތު މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ނިމޭނެ ކަމަށް ކަސްޓަމަރުންނަށް ވަނީ ހަނދާންކޮށްދީފައެވެ.

މީގެ ހަތަރު އަހަރަށް ވުރެ ކުރިން ވިންޑޯޒް ސާވަރ 2012 ގެ މެއިންސްޓްރީމް ސަޕޯޓް ނިމޭ ތާރީހަށް ދިޔަ ނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މައިކްރޮސޮފްޓުން ވަނީ ކަސްޓަމަރުންނަށް އެމީހުންގެ ފަހުގެ ވިންޑޯޒް ސާވަރ ވަރޝަންތަކަށް މައިގްރޭޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމައި ސަޕޯޓް ނިމޭ ތާރީހު ފަސް އަހަރު ފަހަތަށް ޖައްސާފައެވެ.

ވިންޑޯސް ސާވަރ 2012 އަކީ ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުން އަންނަ އަދަދެކެވެ. އެހެން ނަމަވެސް ކުންފުނިން އިތުރު ކޮށްފައިވާ ސަޕޯޓް ނިމުމަކަށް އައުމުން، ރެޑްމަންޑުން ޓެކްނިކަލް ސަޕޯޓާއި ބަގް ފިކްސް (ދިމާވާ މައްސަލަތައް ހައްލު) ކޮށްދިނުން ހުއްޓާލާނެ ކަމަށާއި، އެއަށްފަހު މި ސާވަރުތަކުގެ ސްޓެބިލިޓީ ނުވަތަ ޔޫޒަބިލިޓީއަށް އަސަރު ފޯރުވާފާނެ ކަމަށްވެސް ވަނީ އަންގާފައެވެ. "މި ތާރީހަށް ފަހު މި ސާވަރ ތަކުގެ ސަމާލަތީ އަދި ސެކިއުރިޓީ އަޕްޑޭޓް، ބަގް ފިކްސް، ޓެކްނިކަލް ސަޕޯޓް، ނުވަތަ އޮންލައިން ޓެކްނިކަލް ކޮންޓެންޓް އަޕްޑޭޓް ދެން ނުލިބޭނެ ކަމަށް މައިކްރޮސޮފްޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ.

އެހެން ކަމުން ވިންޑޯސް ސާވަރ 2012 ބޭނުން ކުރާ ކަސްޓަމަރުންނަށް ލަފާދީފައިވަނީ ވިންޑޯސްގެ ފަހުގެ ސާވަރ އަކަށް އަޕްގްރޭޑް ނުވަތަ މައިގްރޭޓް ކުރުމަށެވެ. މައިކްރޮސޮފްޓުން އެމީހުންގެ ކަސްޓަމަރުންނަށް ލަފާދެނީ އެމީހުންގެ ވިންޑޯޒް 2012 ސާވަރތައް ދޫކޮށް ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށާއި ވައިރަސްތަކާއި އެހެނިހެން ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭ އެންމެ ފަހުގެ ވިންޑޯޒް ސާވަރ 2022 އަށް ބަދަލު ކުރުމަށެވެ.

މި އަހަރުގެ 10 އޮކްޓޯބަރުގައި ވިންޑޯސް ސާވަރ 2012 ހުއްޓާލި ނަމަވެސް އިތުރު މުއްދަތަކަށް އެ ސާވަރތައް ކޮންމެހެން ބޭނުން ކުރަން ޖެހޭ ފަރާތެއް ހުރިނަމަ އީއެސްޔޫތަކުން އެމީހުންނަށް އިތުރު ތިން އަހަރު ދުވަހުގެ ސެކިއުރިޓީ އަޕްޑޭޓްތައް ފޯރުކޮށްދޭނެ ކަމަށާއި، އެ އަޕްޑޭޓްތައް ކޮންމެ އަހަރަކު އިތުރުކޮށް ފައިސާ ދެއްކުމުން 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އަގު ދައްކާ ގޮތަށް މައިކްރޯސޮފްޓުން ހާއްސަ ހިދުމަތެއް ފޯރު ކޮށްދޭނެއެވެ. މި ގޮތަށް އަގު ދައްކަން ބޭނުން ނުވާ ފަރާތްތަކަށް އޮތް ހަމަ އެކަނި ގޮތަކީ އެމީހުންގެ ޑޭޓާބޭސްތަކާއި އެޕްލިކޭޝަންތައް އެޒޫރް ވާޗުއަލް މެޝިންތަކަށް މައިގްރޭޓް ކުރުމެވެ.

އޮން ޕްރިމިސް ސާވަރުތަކަށް ކަސްޓަމަރުންނަށް އެޒޫރް އާކް ބޭނުންކޮށްގެން އޮޓޮމެޓިކް/ޝެޑިއުލްޑް އީއެސްޔޫ އަޕްޑޭޓްތަކާއި އިންސްޓޯލް ކުރުމުގެ އިތުރުން އެޒޫރުގައި ހުންނަ ސެކިއުރިޓީ އަދި ގަވަރނަންސް ކެޕޭސިޓީތައް ލިބޭނެކަމަށް މައިކްރޮސޮފްޓުން ބުނެއެވެ. 2021 ގެ ކުރިން ނެރުނު ވިންޑޯޒް ސަރވަރ 2008/އާރ2 އެކްސްޓެންޑް ސެކިއުރިޓީ އަޕްޑޭޓްސް (އީއެސްޔޫ) ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 10، 2023 ގައެވެ. އެހެން ކަމުން 2008 ގެ ވިންޑޯސް ސަރވަރ އޭގެ ފަހުން މަރުވީއެވެ.