އިސްތިރި ކުރުމުގެ ތެރޭގައި މާ ހޫނުކޮށް ހުއްޓާ ޖެއްސިގެން ވިޔަސް، ނޫނީ އެހެން ގޮތަކުން އިސްތިރީގައި ފެބްރިކް ތަތްލައި، އިސްތިރިން އެހެން އެއްޗެއް އިސްތިރި ނުކުރެވޭ ވަރަށް ކަޅުވެ، މިގޮތަށް ކަންތައް ވުމުން އަހަރެމެން ގިނަ ފަހަރު އެ އިސްތިިރި އެއްލާލުމަށްފަހު އާ އިސްތިރިއެއް ގަންނަނީއެވެ. މިއީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ.

އެހެންނަމަވެސް އިސްތިރީގެ އެއްކަލަ ކަޅުވި ތަންތަން ސާފުކޮށްލައިގެން އިސްތިރި ހަމަ ބްރޭންޑު އާ އިސްތިރިއަކަށް ބަދަލު ކޮށްލެވިދާނެ އެވެ. އަޖުމަ ބަލައިލަމާ ހިނގާށެވެ. ބޭކިންސޮޑާއިން ނޫނީ ހިލަކަރުދާހުންވެސް ސާފު ކުރެވެއެވެ. އެހެންނަމަވެސް ބޭހަކީ ފަސޭހައިން ކޮންމެ ވަގުތަކު ވެސް ލިބެން ހުންނާނެ، އަދި ގަންނަން ޖެހުނަސް ކުޑަކުޑަ އަގެއްގައި ގަނެވިދާނެ، އަދި ސާފުކުރުމަށްފަހު ގިނަ ދުވަހު އިސްތިރި ސާފުކޮށް އޮމާންކޮށް ހުންނާނެ އުކުޅެކެވެ.

އިސްތިރި ހޫނުކުރުމަށްފަހު، އަތަށް ހޫނު ނުވާހެން ޕެރެސެޓެމޯލް ނުވަތަ ޕެނެޑޯލް، ބޭސް، ގުޅަ ހިފެހެއްޓޭ ވަރުގެ، ދިގު ދައްޗެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން އިސްތިރީގައި ފެބްރިކް ތަތްލައި ހަޑިވެފައި ހުރި ތަންތަނުގައި ހާކަން ފަށާށެވެ. ބޭސްގުޅަ ވިރިގެން ދާ ވަރަކަށް އެތަނުގައި ހުންނަ ބައިތައް ނެއްޓެމުންދާނެއެވެ.

މަޑުމަޑުން ބޭސްގުޅަ ހުސްވަމުންދާ ވަރަކަށް ކުލަ ފިލަމުންދާނެއެވެ. އެއްގުޅަ ހުސްވުމުން ނޫނީ ކުޑައެތިކޮޅަކަށްވެ ނުހިފޭ ވަރު ވުމުން އަނެއް ގުޅަ ބޭނުން ކުރާށެވެ. މިހެން ގޮސް މުޅިން ކުލަ ފިލައި ނިމުމުން އުއި ފޮތިގަނޑަކުން ރީތިކޮށް ފޮހެލާށެވެ. ކަރަންޓު ސުވިޗު އޮފްކޮށްލާފައި އަދި އިސްތިރި ހިހޫވުމުން އިތުރަށްވެސް ފޮތިގަނޑަކުން ސާފުކޮށްލާށެވެ. އޮމާންކަމާއެކު އެއްވެސް ތަތްލުމެއް، އަޅައިގަތުމެއް ނެތި އިސްތިރިކޮށްލެވޭނެއެވެ.