ހދ. ކުޅުދުއްފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.

ޖުމުލަ 42.37 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 882 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖެހުމާއި 30 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ 200 ދުވަހުގެ ތެރޭގައެވެ.