ލ. ކައްދޫ އެއާޕޯޓް ބައިނަލްއަގުވަމީ ފެންވަރަށް ތަރައްގީކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފައެވެ.
ކައްދޫ އެއާޕޯޓް ބައިނަލްއަގުވަމީ ފެންވަރަށް ތަރައްގީކުރަން ނިންމަވައި، ރައީސް ވަނީ "ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްއޫރުތައް ކަނޑައެޅުމަށް އެކަށަ އެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަމްބަރު 2022/6" އިސްލާހު ކުރައްވައިފައެވެ.
ސިފައިންގެ އިސްކަންދަރު ވައިގެ މަރުކަޒު ހުންނަ ކައްދޫ އެއާޕޯޓް ބައިނައަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ. އެއީ އެ މަޝްރޫއަށް ފައިނޭސްކުރާ ބަޔަކަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ރިސޯޓް ހިންގުމަށް ކުއްޔަށް ދޭ ގޮތަށެވެ.
މި މަޝްރޫއުއަށް އިންވެސްޓް ކުރަން އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު ކަމަށް ރައީސް މިއަދު އިސްލާހުކުރެއްވި ގަރާރުގައިވެއެވެ.
ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރެއްވުމަކީ ރައީސް ސޯލިހު 2020 ވަނަ އަހަރު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ކުރިން އާންމު ދަތުރުފަތުރުގެ ބޭނުމަށް ހިންގަމުންއައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު" ގެ ނަމުގައި ހުޅުވީ 2016 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު