ބ. ތުޅާދޫގައި ހޮސްޕިޓަލެއް ހެދުމަށް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ތުޅާދޫގައި ހޮސްޕިޓަލެއް ހެދުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ.
"..،ލަސްވަމުންދާ (ތުޅާދޫ) ހޮސްޕިޓަލް، ޑައިރެކްޓް އެވޯޑެއްގެ ގޮތުގައި ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް ކުރިއަށް އޮތް މަސް ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ހަވާލުކުރާނެ..،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއީ ހަމައެކަނި ބުނެލާ ވާހަކައެއް ނޫން ކަމަށާއި ވައުދާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާއިރު، އަނެއްކޮޅުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު