ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ މަސައްކަތުގެ 46 ޕަސެންޓް ނިމިއްޖެއެވެ.

މި މަޝްރޫއުގެ އަގަކީ 91.45 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި 55،818 އަކަ މީޓަރުގެ ސަރަހައްދެއްގެ ޓޮޕްސޮއިލް ނެގުމާއި 8372.70 އަކަ މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި 55،818 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރު ކުރުން ހިމެނެއެވެ.

މީގެ އިތުރުން 8372.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި 55،818 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.