މާފުށީ ޖަލުގައި ދެ ގައިދީންގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ އަނގަމަތި ފަޅާލައިފިއެވެ.

ފުލުހުން މިރޭ ބުނީ، ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބިފައިވާ ކަމަށާއި އެ މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ދިއުން ފިޔަވައި ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެ މާރާމާރީގައި ތޫހު އެއްޗެއް ބޭނުންކުރިކަން މިހާތަނަށް އެނގިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ، އެ މާރާމާރީ ހިންގީ މާފުށީ ޖަލުގެ ގޯޅިއެއްގެ ތެރޭގައި ދެ ގައިދީންގެ މެދުގައި ކަމަށާއި އަނިޔާވި ގައިދީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.