ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރި ފަހުން ހަބަރެއް ނުވެގެން ހޯދި ދެ މީހުންގެ ތެރެއިން ދިވެހި މީހާ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔައީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ.) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން (35އ)އެވެ.
ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު އެއާޕޯޓް ނެރުކައިރިން މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ނަމަވެސް، ބަންގްލަދޭޝް މީހާ ފެނިފައެއް ނުވެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނިޒާމު ގެސްޓްހައުސް އެއްގައި ހުއްޓާ ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށްވެސް ބުންޏެވެ.
ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު