އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އަސްކަރީ ބަނދަރެއް ތަރައްގީ ކުރަން އިންޑިއާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަން އެ ގައުމުން ނިންމައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުން, ޔޫޓީއެފް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނިންމާފައި ވަނީ އެ ގައުމުގެ ރެއިލް ވިކާސް ނިގާމް (އާރުވީއެންއެލް) އާއެވެ. އެ ކުންފުންޏަކީ އިންޑިއާގެ ރެއިލްވޭ ނެޓްވޯކްގެ މަޝްރޫއުތައް ހިންގާ ކުންފުންޏެވެ.
ދެ އަހަރު ތެރޭ މަޝްރޫއު ނިންމަންޖެހޭ ގޮތަށް އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރަން ނިންމީ 186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ދިވެހި ރުފިޔާ) އަށެވެ.
އިންޑިއާ ސަރުކާރުން 2003 ވަނަ އަހަރު އުފެއްދި އާރުވީއެންއެލުން މުޅިންވެސް ހިންގާފައި ހުރީ ރެއިލްވޭއާ ގުޅޭ މަޝްރޫއުތަކެވެ. އެހެންކަމުން ޔޫޓީއެފް ބަނދަރު މަޝްރޫއު ވެގެންދާނީ އެ ކުންފުނިން ހިންގާ އެފަދަ ފުރަތަމަ މަޝްރޫއަށެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 21 ފެބްރުއަރީ 2021 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު