ގދ. ތިނަދޫ ސިނާއީ ސަރަހައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތައް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 10.6 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1521 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 555 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި 4492 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބޮލާޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ޖުމުލަ 125 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.