އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މ. ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ކޮޅުފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދު ހަވީރު މާލެ ވަޑައިގެންފައިވާ ކަމަށެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ހާދިސާއާ ގުޅިގެން އެ ދުވަހު ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެދުވަސް އެއްބައިވަންތަ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ނިންމެވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމެވެ.
މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީ ގޮތުން ފާހަގަކުރީ ކޮޅުފުށީގައެވެ.
ކޮޅުފުއްޓަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ބަނދަރު ސަރަހައްދުގައި ބިނާކޮށްފައިވާ ސުނާމީ ބިނާ ހުޅުވައިދެއްވައިފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އަތު ގުޅާލުމުގެ ހަރަކާތުގައި ވެސް ރައީސް ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު