ރ. އިނގުރައިދޫ ބަނދަރު ނެރުފައިކަށި ހެދުމަށާއި ފ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރެޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.
ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 29.9 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 503 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 20 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި އިރުއުތުރު ފަރާތުގައި 429 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ގާއިމުކުރާނެއެވެ.
އިނގުރައިދޫ ބަނދަރު ނެރުފައިކަށި ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 17.1 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 370 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 6،394.50 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި 86 މީޓަރަށް ނެރު ބްރޭކްވޯޓާ ޖެހުމާއި 59 މީޓަރަށް ބްރޭކްވޯޓާ ޖެހުމާއި 150 މީޓަރަށް އިރުމަތި ފަރާތު ބްރޭކްވޯޓާ ޖެހުން އަދި ދެ ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު