ފައިވާނުގެ ދަށްފުށުގައި ފޮރުވައިގެން ޖަލަށް ފޯނު ވައްދަން އުޅުނު ގައިދީއަކު އަތުލައިގެންފިއެވެ.
ކޮމިޝަނަރު އޮޕް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަންދުގައި ހުރި މީހަކު އަޑުއެހުމަށް ގެންދިއުމަށްފަހު އަނބުރާ ޖަލަށް ގެންދިޔައިރު އޭނާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ފައިވާނުގެ ދަށްފުށުގައި ދެ ފޯނުގެ އިތުރުން ސިމްކާޑާއި ޗާޖަރެއް ރައްކާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖަލަށް މަނާ ތަކެތި ވެއްދުން އާންމުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު މާފުށި ޖަލުގައި ކަރެކްޝަންސް އާއި ފުލުހުންއަދި އެމްއެންޑީއެފުން ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައިފައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ވަނީ ފޯނާއީ ސިމްކާޑު އަދި މަސްތުވާތަކެތި ވަނީ ހޯދައިފައެވެ.