ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް) އާއި ޔުނިވާސިޓީ އޮފް ކޮލަމްބޯ ގުޅިގެން ދިވެހިންނަށް ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ވިމްގެ ހަތަރުވަނަ ޕްރޮޕެޝަނަލް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.
ވިމް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުހިންމު ގިނަ ކޯސްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ކޯސްތަކުގައި ކިޔަވައިދެއްވާނީ ޔުނިވާސިޓީ އޮފް ކޮލަމްބޯގެ ޕްރޮފެސަރު ޑރ. ޑީއޭސީ ސުރްނަގާ ޑި ސިލްވާ ކަމަށެވެ.
ވިމް އާއި ކޮލަމްބޯ ޔުނިވާސިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:
- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ލީޑިން ޓު މާސްޓާސް އިން ޓޫރިޒަމް އިކޮނޮމިކްސް އެންޑް ހޮޓެލް މެނޭޖްމަންޓް
- އެކްޒެކިއުޓިވް ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް އިވެންޓްސް އެންޑް ހޮސްޕިޓަލިޓި މެނޭޖްމަންޓް
- ޑިޕްލޮމާ އިން ޓްރެވެލް އެންޑް ޓޫރިޒަމް އިކޮނޮމިކްސް އެންޑް ހޮޓެލް މެނޭޖްމަންޓް
- ސެޓްފިކެޓް އިން ސަސްޓެއިނެބަލް ޓޫރިޒަމް ޑެސްޓިނޭޝަން މެނޭޖްމަންޓް
- ސެޓްފިކެޓް އިން ޓްރެވެލް އެންޑް ޓުއާ މެނޭޖްމަންޓް އެންޑް ބެސްޓް ޕްރެކްޓިސެސް
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުގެ އަންހެން ދަރިވަރުންނަށް ހިލޭ ސެނިޓަރީ ޕެޑް ފޯރުކޮށްދިނުމަށް ރޭގެ ރަސްމިއްޔާތުގައި ވަނީ ސްރީލަންކާގެ ހެމާސް ކުންފުނީގެ ބްރޭންޑެއް ކަމަށްވާ ފެމްސް އާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު