ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ހަތަރު ވަނަ ޕްރޮފެޝަނަލް އެވޯޑް ބާއްވައިފިއެވެ.
ވިމްގެ ހަތަރު ވަނަ ޕްރޮޕެޝަނަލް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދުއެވެ. އެ ރަސްމިއްޔާތުގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާ އަދި ވިމްގެ ރާއްޖޭގެ ޗެޕްޓާގެ ރައީސާ، "ވަން އޮންލައިން" ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިމް މޯލްޑިވްސްއިން ވަނީ މިފަހަރު އަލަށް ތިން ކެޓަގަރީއަކުން އެވޯޑު ދީފައެވެ. އެއީ މޭލް ޗެމްޕިއަން އާއި އިންޓަނޭޝަނަލް ވުމެން އޮފް ދަ އިޔާ އަދި އެކްސްޕަޓިރޭޓް އެވޯޑެވެ. މިރޭގެ ރަސްމިއްޔާތުގައި ވިމްއިން ވަނީ ލީޑާޝިޕް އެކްސެލެންސް އެވޯޑް 23 ފަރާތަކަށް ދީފައެވެ.
30 ނޮވެމްބަރު 2022، ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ހަތަރު ވަނަ ޕްރޮފެޝަނަލް އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދާއި ވިމްގެ ރާއްޖޭގެ ޗެޕްޓާގެ ރައީސާ، "ވަން އޮންލައިން" ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދު ވަޑައިގަންނަވަނީ---- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
ލީޑާޝިޕް އެކްސެލެންސް އެވޯޑް ލިބުނު ފަރާތްތައް
- އިންޓްރީއާ ޑިޒައިންގެ ދާއިރާއިން: އައިޝަތު ޝިމާނީ/ ސަން ސިޔާމް ރިސޯޓްސްގެ ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް ޑިރެކްޓަރު
- އިންޝޫރެންސްގެ ދާއިރާއިން: އާމިލާ ލަތީފް/ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖާ ސޭލްސް
- ސޭލްސް އެންޑް މާކެޓިން ކޯޕަރޭޓްގެ ދާއިރާއިން: ނޫރާ އިބްރާހީމް/ އޫރިދޫ މޯލްޑިވްސްގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކޮމްސް
- ޓޫރިޒަމް ވޯޓާ ސްޕޯޓްސްގެ ދާއިރާއިން: ސާޒިޔާ ސައީދު/ ސޭވް އަވާ އޯޝަންސްގެ ފައުންޑާ އަދި ނައިބު ޗެއާޕާސަން
- ހޮޓެލް އެންޑް ހޮސްޕިޓޭލިޓީ (ކަލިނަރީ)ގެ ދާއިރާއިން: މާހާ ނަސީރު/ ޗެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް
- މެންޓަލް ހެލްތުގެ ދާއިރާއިން: އިންޓިޓިއުޓް އޮފް ކައުންސެލިން އެންޑް ސައިކޯތެރަޕީ
- ހެލްތު (ޑޮކްޓަރު)ގެ ދާއިރާއިން: ޑރ. އާމިނަތު ނަޒީރު/ އައިޖީއެމްއެޗުގެ ރޭޑިއޮލޮޖިސްޓް އެންޑް މެޑިކަލް ޑިރެކްޓަރު އަދި ސީނިއާ ކޮންސަލްޓެންޓް
- ހެލްތު (ނާސިން)ގެ ދާއިރާއިން: ރަޒީނާ ތުއްތު ދީދީ/ އޭޖެޑް ކެއާ މޯލްޑިވްސްގެ ޑިރެކްޓަރު
- ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން: އައިޝަތު އަދްނާން/ ވިމެން އިން ޓެކް މޯލްޑިވްސް ކޯފައުންޑަރު
- މެރިޓައިމް އިންޑަސްޓްރީގެ ދާއިރާއިން: އައިޝަތު ނީޝާ/ އެމްޕީއެލްގެ ހެޑް އޮފް ލާނިން އެންޑް ޑިވެލޮޕްމަންޓްގެ ޖެނެރަލް މެނޭޖަރު
- ސްޕޯޓްސް ދާއިރާއިން: މުއީނާ މުހައްމަދު/ ސްޕޯޓްސް ރީހެބް، ސްޓްރެންތް އެންޑް ކޮންޑިޝަނިން ކޯޗް އަދި އެމް ފިޓްގެ ސީއީއޯ
- ސްޓޭޓް އެންޑް ގަވަރުމެންޓްގެ ދާއިރާއިން: ޑރ. ހާލާ ހަމީދު/ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ
- ސްޓޭޓް އެންޑް ގަވަރުމެންޓް (ފިނޭންސް)ގެ ދާއިރާއިން: ލީނާ މުހައްމަދު ޒާހިރު ހުސެއިން/ މީރާގެ ޑެޕިއުޓީ ޗެއާޕާސަން
- އާޓްސް އެންޑް ހެރިޓޭޖްގެ ދާއިރާއިން: މަރިޔަމް އިޝާ އަޒީޒު/ ފްރީލޭންސް ކޮންސަލްޓެންޓް
- އާޓްސް އެންޑް މިޔުޒިކްގެ ދާއިރާއިން: ފަޒްލީނާ އައްބާސް/ ފްރީލޭންސް ޑީޖޭ އަދި ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ރެސިޑެންޓް ޑީޖޭ
- ފިލްމް އިންޑަސްޓްރީގެ ދާއިރާއިން: އައިޝަތު ރިޝްމީ/ އެކްޓަރު، ކްރޮއެގުރަފީ، ޑިރެކްޓަރު، ޕްރޮޑިއުސަރު
- ޖާނަލިޒަމްގެ ދާއިރާއިން: މާހަތު ހުސެއިން/ ސަންގު ޓީވީގެ ނިއުސް އިންޗާޖު
- އެޑިއުކޭޝަންގެ ދާއިރާއިން: ޑރ. ރަޝީދާ މުހައްމަދު/ އިންޑިޕެންޑެންޓް ރިސާޗާ، ލެކްޗަރާ، ރިސޯސް ޕާސަން
- ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓްގެ ދާއިރާއިން: ޝަހާ ހާޝިމް/ މޯލްޑިވްސް ރެސިލެންޓް ރީފްސް އެންޑް ބްލޫ މެރީން ފައުންޑޭޝަންގެ ޗެއާޕާސަން އަދި މޯލްޑިވްސް ޕްރޮގްރާމް ޑިރެކްޓަރު
- ޑިފެންސް އެންޑް ސިވިލް ސެކިއުރެޓީގެ ދާއިރާއިން: ފާތިމަތު ނަޝްވާ/ ހެޑް އޮފް ޕޮލިސް މީޑިއާ
- މީޑިއާ ވުމެން އޮފް ދަ އިޔާގެ ދާއިރާއިން: ޝިމްލާ އަހްމަދު/ އޭއޯ ނިއުސްގެ ސީއީއޯ/ ޗީފް އެޑިޓަރު
- ކެރިއާ އެޗީވްމެންޓް އެވޯޑް: ފާތިމަތު މުނާ/ އެމްއެމްސީގެ ޑިރެކްޓަރު ޖެނެރަލް
- ސްޕެޝަން ކޮމިއުނިކޭޝަން ސްކިލްސް: މަރިޔަމް ޝަހުދާ/ އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު
ވިމްއިން ވަނީ މިރޭގެ ރަސްމިއްޔާތުގައި ކުޅިވަރު ދާއިރާއިން ފާހަގަކޮށްލެވޭ ތިން ކަނބަލުންނަށް އެމާޖިން ސްޕޯޓްސް ޕާސަނަލްޓީ އެވޯޑު ދީފައެވެ.
އެމާޖިން ސްޕޯޓްސް ޕާސަނަލްޓީ ލިބުނު ފަރާތްތައް
- ޓޭބަލް ޓެނިސް - ފާތިމަދު ދީމާ އަލީ
- ޕަރަ ބެޑްމިންޓަން - ހައްވާ އީޝަލް ރިޔާޒް
- ޓޭބަލް ޓެނިސް - އައިޝަތު ރަފާ ނާޒިމް
30 ނޮވެމްބަރު 2022: ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ހަތަރުވަނަ އެވޯޑުދިނުމުގެ ހަފްލާގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
ވިމް މޯލްޑިވްސް އިން ދޭ އައުޓް ސްޓޭޑިން ވުމެން އެންޓަޕްރިނާ އެވޯޑް ލިބިފައިވަނީ ނާރެސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ވެރިޔާ އާމިނަތު އާދަމް އަށެވެ. އިންވޭޓިވް ސޯޝަލް އެންޓްޕްރިނާގެ އެވޯޑް ލިބިފައިވަނީ ބައިކް މޯލްޑިވްސްގެ ރައީސާ ޒުލެއިހާ ހަސަން އަށެވެ. އަދި އައުޓްސްޓޭންޑިން ވުމެން އެންޓްޕްރިނާ ސްމޯލް އެންޓަޕްރައިސަސް އެވޯޑް ލިބިފައިވަނީ ފްރުޓީ މެލޭ ކޭކްސްގެ ފައުންޑާ އަދި ވެރިޔާ ފާތިމަތު ޝިމާ މޫސާއަށެވެ.
ޔޫތު ލީޑާ އޮފް ދަ އިޔާ އެވޯޑް ލިބިފައިވަނީ ޒުވާން މަސްވެރިޔާ ހުސެއިން ސާޖިން އަށާއި ފިރާޝާ މުހައްމަދު އަށެވެ. ކެރިއާ ރޯލް މޮޑަލް އޮފް ދަ އިޔާގެ އެވޯޑް މަރިޔަޒް ނުޒްލާއަށް އަދި ކޯޕަރޭޓް ލީޑާ އޮފް ދަ އިޔާގެ އެވޯޑް ލިބިފައިވަނީ އައިޝަތު ނޫރައްދީން އަށެވެ. ޓްރެއިބްލޭޒާ ދާއިރާގެ އެވޯޑް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަދި އެޑްވޮކޭޓް ފޯ ވުމެން އެމްޕަވާމެންޓް ދާއިރާއިން އެވޯޑް ލިބިވަޑައިގެންނެވީ އަނީސާ މުހައްމަދު އަށެވެ.
30 ނޮވެމްބަރު 2022، ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ހަތަރު ވަނަ ޕްރޮފެޝަނަލް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ތެރެއިން ---- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
ހިތްވަރުގަދަކަމުގެ އެވޯޑް އައިޝަތު ޝަފީގް އަދި ވުމެން އިން ޑިޕްލޮމެސީގެ އެވޯޑް ލިބިވަޑައިގެންނެވީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރާ ފައިޒަލް އަށެވެ. އިންސްޕީރޭޝަނަލް އެވޯޑް ޑރ. އާމިނަތު ޖަމީލް، އިންޓަނޭޝަން ވުމެން އޮފް ދަ އިޔާގެ އެވޯޑް ޑރ. ފާތިމަތު ފާއިޒްއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ވުމެން އޮފް ދަ އިޔާގެ އެވޯޑް ލިބިވަޑައިގެންނެވީ ޑރ. ނައިލާ އިބްރާހީމް އަށެވެ. މޭލް ޗެމްޕިއަން އެވޯޑް ލިބިވަޑައިގެންނެވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަށެވެ.